Last Updated: June 11, 06:12
Thursday, June 11, 2026
ޚަބަރު

ރައީސް ސޯލިހުގެ ފަރާތުން ރައްޔިތުންނަށް ބޮޑު ޖާފަތެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތުން ރައްޔިތުންނަށް ބޮޑު ޖާފަތެއްް ދެއްވައިފިއެވެ.

ހޮނިހިރު ދުވަހު ރައީސް ކަމުގެ ހުވާ ކުރެއްވި ސޯލިހު ރައްޔިތުންނަށް ދެއްވި ޖާފަތް އޮތީ ރޭ އާޓިފިޝަން ބީޗް ސަރަހައްދުގައެވެ.

"ޖަޒީރާ ޖާފަތް" ނަމުގައި ރައީސް ސޯލިހު ދެއްވި ޖާފަތުގައި ރައީސް ސޯލިހު އާއި އަނބިކަނބަލުން ފަޒުނާ އަހުމަދުގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ބައިވެރި ވަޑައިގެންނެވިއެވެ.

މީގެ އިތުރުން އެމަނިކުފާންގެ ކެބިނެޓު ވަޒީރުންނާއި ގިނަ އަދަދެއްގެ އާއްމުން ބައިވެރިވިއެވެ.

ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެން އިއްޔެ ވަނީ "ހަށިހެޔޮ ދުޅަހެޔޮ" ނަމުގައި ކުޅިވަރު ބޮޑު އީދެއް ކުރިއަށް ގެންގޮސްފައެވެ. ތަފާތު ގިނަ ކުޅިވަރުތަކާއި އެކު ބޭއްވި މި ފެސްޓިވަލްގައިވެސް ރައީސް ސޯލިހާއި، ނައިބް ރައީސް އަދި ވަޒީރުންނާއި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ބައިވެރިވިއެވެ.