Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ވަޒީރު ކަމަށް ކުރިމަތިނުލެއްވީ މަޖިލީހަށް ކުރިމަތިލާން: ރޮޒޭ

ވަރަށް ގިނަ ބޭފުޅުން ރައީސް އިބޫގެ ކެބިނެޓަށް ވަޑައިނުގެންނެވީ ކީއްވެތޯ ސުވާލު ކުރައްވަމުން ގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒޭ ވިދާޅުވީ ބޭނުންވަނީ ރައްޔިތުންގެ މަޖިލީހަށް ވާދަކޮށް މަޖިލިސް ތެރެއިން ޚިދުމަތް ކުރުމަށް ކަމަށް ކުރިންވެސް ރައީސްއަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި ޑިމޮކްރަސީ ގައި މަޖިލީހުގެ އެއްބާރުލުން ނުހަނު މުހިންމު ކަމަށް ރޮޒޭ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ރޮޒެއިނާ ވަނީ 2009 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު ކ. ތުލުސްދޫ ދާއިރާއަށް ވާދަކުރައްވައިގެން ކާމިޔާބުކޮށްފައެވެ. އޭރު ޑީއާރުޕީގައި ރޮޒޭ ހުންނެވި ނަމަވެސް ފަހުން ޑީއާރުޕީ އުވުމާ ގާތް ވެފައިވަނިކޮށް އޭނާ ވަނީ އެމްޑީޕީއަށް ބަދަލުވެފައެވެ.

އަދި 2014 ވަނަ އަހަރު އައްޑޫ މީދޫ ދާއިރާއަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށް ޕްރައިމަރީ ކާމިޔާބުކޮށްގެން ރޮޒޭ ވަނީ އިންތިޚާބުގައި ވާދަކޮށް ގޮނޑި ކާމިޔާބުކޮށްފައެވެ.