Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ފުރާޅުން ޓިނު ނައްޓައިގެން ވަދެ ވިލިނގިލީ ބްރާންޗުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި

ބޭންކު އޮފް މޯލްޑިވްސްގެ ވިލިނިގިލީ ބްރާންޗު ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ފަތިހު ގއ. ވިލިނގިލީ ބޭންކު ބްރާންޗުގެ ފުރާޅުން ޓިނު ނައްޓައިގެން ވަދެ އެތަނުގެ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ތަހްގީގު ކުރަމުން އަންނަ އިރު ގެއްލިފައިވަނީ ކިހާ އަދަދެއްގެ ފައިސާކަން އަދި ސާފު ނުވާކަމަށް ފުލުހުން ބުނެއެެވެ.

މި ހާދިސާ އާއި ގުޅިގެން ބޭންކުން ނެރުނު ސްޓޭޓްމަންޓްގައި ބުނީ، އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި ފުލުހުންގެ ހާއްސަ ޓީމެއް ބްރާންޗް ތެރޭގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.