Last Updated: June 9, 09:12
Tuesday, June 9, 2026
ޚަބަރު

ހަތް އަހަރު ފަހުން އައްޑޫ ކައުންސިލާއި ރައީސު ބައްދަލުކުރައްވައިފި

އައްޑޫ ކައުންސިލްގެ މެންބަރުން ރައީސް ސޯލިހާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން.

އައްޑޫ ސިޓީގެ އެމްޑީޕީ ފުލް މެޖޯރިޓީ އޮންނަ ކައުންސިލާއި ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަދި ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ރަސްމީ ފުރަތަމަ ދުވަހު އައްޑޫ ކައުންސިލަރުންނާއި ބައްދަލުކުރައްވައި، މަޝްވަރާ ކޮށްފައިވާއިރު އައްޑޫ ރައްޔިތުން ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު އައްޑުއަށް އިސްކަމެއް ދީފައިނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައީސް ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު އައްޑޫ ސިޓީ ސްކެއާގައި އިން ބޮޑު ދިދަ ދަނޑި އަލުން ޖަހާނެ ކަމަށް ވިދާޅުވެފައެވެ. އެ ދިދަދަނޑި ނެގީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްކޮޅު އޭގައި ސިހުރު ހަދާފައި ހުރި ކަމަށް ތުހުމަތު ކުރެވޭތީއެވެ.

މިއަދު ރައީސް އޮފީހުގައި ކައުންސިލާއި، ރައީސް ބައްދަލުކުރައްވާފައިވާއިރު މިބައްދަލުވުމުގައި އައްޑޫ ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ ބައިވެރިވެފައެވެ.