Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު

ރޫޅާލި ކަޅުވަކަރު މިސްކިތްތަކުގެ ބައިތައް ހޯދައި ރާވަން ތައްޔާރުވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރޫޅާލި ކަޅުވަކަރު މިސްކިތުން ނެގި ބައިތައް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ހޯއްދަވައި ރޭވުމުގެ މަސައްކަތަށް ތައްޔާރުކޮށްފިއެވެ.

މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިސްކިތުގެ ބައިތައް މިހާރު ހުރީ ގައުމީ ދާރުލްއާސާރުގައި ކަމަށާއި މިސްކިތް އަލުން ރޭވުމުގެ ކުރިން ހިރިގަލާއި ވަކަރަށް ފަރުވާ ދޭން ޖެހޭ ކަމަށެވެ.

ރައީސް އިބޫގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރަން ރާވާފައިވާ ކަންކަމުގެ ތެރޭގައި ކަޅުވަކަރު މިސްކިތް އަލުން ބިނާ ކުރުން ވެސް ހިމެނެއެވެ.