Last Updated: July 26, 12:01
Sunday, July 26, 2026
ޚަބަރު

މިނިސްޓަރު ޔުމްނާ ހެރިޓޭޖް ޑިޕާޓްމަންޓާއި ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ހެރިޓޭޖް، ޔުމްނާ މައުމޫން މިއަދު އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޑިޕާޓްމަންޓުގެ އިސް ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް އިބޫގެ ސަރުކާރުގައި އަލަށް އުފެއްދި މިނިސްޓްރީ އެއް ކަމަށްވާ ހެރިޓޭޖް މިނިސްޓްރީން ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރީގެ ސަރުކާރުގައި ރޫޅާލި ކަޅުވަކަރު މިސްކިތް އަލުން ރޭވުމަށް ނިންމަވާފައެވެ.

މިނިސްޓަރު ޔުމްނާ ވަނީ މިއަދުގެ ބައްދަލުވުމުގައި ދިވެހި ބަހުގެ އެކެޑަމީ އަދި އާކައިވްގެ އިސް ބޭފުޅުންނާއި ވެސް ބައްދަލުކުރައްވާފައެވެ.

ޔުމްނާ ވަނީ ނިމިގެން ދިޔަ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ނައިބަކަށް އަދި ހެރިޓޭޖް ޑިޕާޓްމަންޓުގެ އިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އެކަމަނާ ވަނީ ނިމިގެން ދިޔަ ސަރުކާރުން ކަޅުވަކަރު މިސްކިތް ރޫޅާލުމުން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.