Last Updated: June 20, 06:09
Saturday, June 20, 2026
ޚަބަރު

ރައީސް އޮފީހުގެ މިނިސްޓަރަކަށް ނަސީމް އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަޤާމަށް އަޙްމަދު ނަސީމް ޢައްޔަން ކުރައްވައި ފަތްކޮޅު ދެއްވައިފިއެވެ.

އަޙްމަދު ނަސީމަށް މަޤާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ރައީސް އޮފީހުގެ މިނިސްޓަރަކަށް ނަސީމް އަންޔަން ކުރެއްވިއިރު، އެ މަޤާމުގައި މިހާރު ވެސް މިދިޔަ ހޮނިހިރު ދުވަހު ވެސް ވަނީ ބޭފުޅަކު އައްޔަންކުރައްވާފަ އެވެ. އެއީ އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ޝިޔާމް އެވެ.

ނަސީމް އަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ޖުމްލަ ހަތް އަންހެން ބޭކަނބަލުންނާއެކު، ރައީސް ސޯލިހުގެ ކެބިނެޓުގައި 19 މިނިސްޓަރުން ތިއްބަވައެވެ. އޭގެ އިތުރަށް މިހާރު ވަނީ ނަސީމް އާއެކު މިނިސްޓަރުން ފެންވަރުގެ ބޭފުޅުންގެ ގޮތުގައި ތިން ބޭފުޅަކު އަންޔަން ކުރައްވާފައެވެ.