Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް މަންނާން އައްޔަން ކުރައްވައިފި

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ޑީސީޕީ)ގެ މަޤާމަށް އަބްދުލް މަންނާން ޔޫސުފް އައްޔަންކުރައްވައިފި އެވެ.

ފުލުހުންގެ ވަޒީފާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ މަންނާން އެމަޤާމަށް އައްޔަންކުރައްވާފައިވާކަން ފުލުހުން ވަނީ މިއަދު އިއުލާންކޮށްފަ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ތުހުމަތުތަކެއްކޮށް، މަންނާން ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. މަންނާން ވަޒީފާ އިން ވަކިކުރީ އެކެއް ފެބްރުއަރީގެ އަމުރަށްފަހު އޭނާގެ މަގާމުން މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ދުވަސްތަކަކު ބެހެއްޓުމަށްފަހު އެވެ.

މަންނާނު ވަޒީފާއިން ވަކިކުރީ އޭރު ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ.

އެހެންނަމަވެސް ރިޔާސީ އިންތިޚާބަށް ފަހު މަންނާނު ވަޒީފާއިން ވަކިކުރަން ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުން ވަނީ ބާތިލްކޮށް، އޭނާގެ ވަޒީފާ ވަނީ އަލުން އިއާދަކޮށްދީފަ އެވެ.