ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގއ. ވިލިނިގިލ ބްރާންޗް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ މައްސަލައާއި ގުޅިގެން ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ފަތިހު ގއ. ވިލިނގިލީ ބޭންކު ބްރާންޗުގެ ފުރާޅުން ޓިނު ނައްޓައިގެން ވަދެ އެތަނުގެ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ތަހްގީގު ކުރަމުން އަންނަ އިރު ގެއްލިފައިވަނީ ކިހާ އަދަދެއްގެ ފައިސާކަން އަދި ސާފެއް ނުވެއެވެ.