Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ގްރޫޕަކުން ވަދެ ހިތަދޫ 3 ގެއަކަށް ގެއްލުންދީފި

އައްޑޫ ސިޓީ 3 ގެއަކަށް މިއަދު ހެނދުނުގެ ވަގުތެއްގައި ބަޔަކު ވަދެ ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

މިއަދު ހެނދުނު ސ. ހިތަދޫ، ވައިޓްހީރާ ނަމަކަށް ކިޔާ ގެއަކަށް ބަޔަކު ވަދެ، އެގޭގައި ދިރިއުޅޭ 12 އަހަރުގެ އަންހެން ކުއްޖެއްގެ ގައިގާ ތަޅާ ވަނީ އަނިޔާ ކޮށްފައެވެ.

އެއަށްފަހު ސ. ހިތަދޫ ޕޫލްބަހާރު އަށް ބަޔަކު ވަނީ ކަތިވަޅި ހިފައިގެން އެ ގޭގެ ތެރޭގައި ހުރި ޓީވީ، އައިސް އަލަމާރި އަދި އަވަން ފަދަ ތަކެތި ހަލާކު ކޮށްލާފައެވެ. ގޭގައި ހުރި ގޮނޑިތައް ވެސް ވަނީ އެއްކޮށް ހަލާކުކޮށްލާފައެވެ.

މީގެ އިތުރުން ސ.ހިތަދޫ ކައުސަރުހިޔާގެ ބޭރުގައި ހުރި ކުޑަ ބަދިގެއެއް ވެސް ވަނީ އަންދާލާފައެވެ.

މި މައްސަލަތައް މިހާރު ވަނީ ޕޮލިހަށް ރިޕޯޓްކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.