Last Updated: July 26, 12:01
Sunday, July 26, 2026
ޚަބަރު

ކައުންސިލުން މަންޓާ އެއާގެ ވެރިންނާއި ބައްދަލުކޮށްފި

ރާއްޖޭގައި އަލަށް އުދުހެން ފެށުމަށް ތާއްޔަރުވަމުން އަންނަ އެއާލައިން، މަންޓާ އެއާގެ އިސް ބޭފުޅުންނާއި އައްޑޫ ސިޓީ ކައުންސިލުން ބައްދަލުކޮށްފިއެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތައް ފެއްޓުމަށް މަންޓާއިން ބޯޓު ރާއްޖެ ގެނެސްފައިވާއިރު އެއާލައިނުން ވަނީ އައްޑޫއަށް ވެސް ދަތުރު ފެށުމަށް ނިންމާފައެވެ.

މޭޔަރ އަބްދުﷲ ސޯދިގް އަދި ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފްވެސް ބައިވެރިވި މި ބައްދަލުވުމުގައި އައްޑޫގެ ދަތުރުތަކާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާ ކޮށްފައިވެއެވެ.

މިބައްދަލުވުމާ ބެހޭ އިތުރު ތަފްސީލެއް ކައުންސިލުން އަދި ހާމަކޮށްފައެއް ނުވެއެވެ. ކައުންސިލަރުން ވަނީ އިއްޔެ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަދި ނައިބު ރައީސް ފައިސަލް ނަސީމާއި ވެސް ބައްދަލުކޮށްފައެވެ.