ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެއް ކަމަށްވާ ސަރުކާރުގެ ވެރިންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި އެބޭފުޅުންގެ އަނބިން އަދި ފިރިންގެ މާލީ ބަޔާން ހާމަކޮށް ރިވިއުކުރުމަށް ވަޒީރުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އިއްޔެ ރައީސް ވަޒީރުންނާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ އެމަނިކުފާނު ވައުދުވި ގޮތަށް މާލީ ބަޔާން އާންމުކުރުމަށް ނިންމައި ފާސްކޮށްފައެވެ.
ސަރުކާރުގެ އިސް ބޭފުޅުންގެ މާލީ ބަޔާން ހާމަކުރުމަކީ ރައީސް އިބޫގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭ ކުރަން ނިންމާފައިވާ ކަންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މާލީ ބަޔާން ހާމަކުރަން ގިނަ މީހުން ދެކޮޅު ހަދާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކޮންމެ އަހަރަކު އެބޭފުޅުންގެ މާލީ ބަޔާން ހުށައަޅަން ލާޒިމް ކުރެއެވެ. މިއީ ސަރުކާރު އަދި މިނިވަން މުއައްސަސާތަކާއި ސަރުކާރު ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާން ހުށައެޅުމަށް ނިންމި ފުރަތަމަ ފަހަރެވެ.