ގއ. ވިލިނގިލީ ބޭންކު ބްރާންޗު ފަޅާލައި ވަގަށް ނެގި 14 މިލިއަން ރުފިޔާ ހޯދައިފިއެވެ.
ވިލިނގިލީ ބްރާންޗު ފަޅާލާފައިވަނީ އެތަނުގެ ފުރާޅުގެ ޓިނު ކަފާލައިގެން ވަދެ ތިޖޫރީވެސް ފަޅާލައިގެންނެވެ. ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގެއްލުނު ފައިސާގެ ތެރެއިން ހޯދި 14 މިލިއަން ރުފިޔާ ހޯދާފައިވަނީ މީހުން ދިރިނޫޅޭ ގެއެއްްގެ ތެރޭގައި ހުރި ދޮންނަ މެޝިނެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާއެވެ.
މިހާދިސާ އާއި ގުޅިގެން ހަތް މީހަކު ހައްޔަރުކޮށްފައިވާ އިރު އެރަށުގެ ވޯކްޝޮޕެއްގައި މަސައްކަޔތް ކުރާ ލަންކާ މީހަކުވެސް ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.
މިހާދިސާގައި ގެއްލުނު ފައިސާގެ ޖުމްލަ އަދަދެއް އަދި ފުލުހުންވެސް އަދި ބޭންކުންވެސް ހާމަކޮށްފައި ނުވެއެވެ.