އައްޑޫ ސިޓީ ކައުންސިލުން އާ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އާއި ބައްދަލުކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގައި މިއަދު އޮތް ބައްދަލުވުމުގައި އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު، ސޯބެ، އާއި ކައުންސިލްގެ މެމްބަރުންގެ އިތުރުން ޒިއްމާދާރުވެރިޔާ މުހައްމަދު ސައުދީވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި އައްޑޫގެ ފަތުރުވެރިކަމާއި ގުޅޭ ކަންކަމާއި މަޝްވަރާ ކުރެވިފައިވާކަމަށް ކައުންސިލުން ބުންޏެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެމަނިކުފާންގެ ވެރިކަމުގައި 8000 ވަޒީފާ އާއި އެކު 8000 ޓޫރިސްޓު އެނދު އައްޑޫގައި ގާއިމްކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.
ނިމިގެންދިޔަ ޔާމީންގެ ސަރުކާރުގައި އައްޑޫގައި 5000 އެނދު ތަރައްޤީ ކުރެެއްވުމަށްވެވަޑައިގެންނެވި ވައުދުގެ ތެރެއިން އެމަނިކުފާންގެ ވެރިކަން ނިމުމާއި ހަމައަށް އެންމެ ޓޫރިސްޓު އެނދެއް އައްޑޫގައި ހެދިފައި ނުވެއެވެ.