Last Updated: June 10, 20:48
Thursday, June 11, 2026
ޚަބަރު

ހިތަދޫގެ ތިން ގެއަކަށް ގެއްލުން ދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

ގްރޫޕަކުން ވަދެ ހިތަދޫގެ ތިން ގެއަކަށް ގެއްލުންދިން މައްސަލާގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިތަދޫގެ ތިން ގެއަކަށް ވަދެ އެގެތަކަށް ގެއްލުން ދިން މައްސަލާގައި ދެމީހަކު ހައްޔަރުކޮށް މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މި މައްސަލަ ފުލުހުން އިތުރަށް ތަހްގީގު ކުރަމުންދާތީ ތަފްސީލު ދެވެން ނެތްކަމަށެވެ.

މިއަދު ހެނދުނު ގްރޫޕަކުން ވަދެ ގެއްލުން ދީފައިވަނީ ހިތަދޫ، ވައިޓްހީރާ، ޕޫލްބަހާރު އަދި ކައުސަރު ހިޔާއަށެވެ. ވައިޓުހީރާއަށް ވަދެ އެގޭގެ އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ބިރު ދައްކާފައިވާ އިރު ކަތިވަޅި ހިފައިގެން ވަދެ ޕޫލްބަހާރު ގޭގެތެރޭގައި ހުރި ޓީވީ އާއި ގޮޑިފަދަ ތަކެއްްޗަށް ގެއްލުންދީފައިވާ އިރު ވައިޓުހީރާ ގޭގެ ބޭރުގައި ހުރި ބަދިގޭގައިވަނީ ރޯކޮށް އަންދާލާފައެވެ.

މިހާދިސާ ތަކާއި ގުޅިގެން އާއްމުންގެ މެދުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ.