Last Updated: June 20, 06:09
Saturday, June 20, 2026
ޚަބަރު

ފަތުރުވެރިންތަކަކާއެކު ދަތުރުކުރަމުންދިޔަ ސަފާރީއެއް ދަރަވަންދޫ ނެރުމައްޗަށް އަރައިފި

ބ. ދަރަވަންދޫ ނެރުމައްޗަށް އެރި "ބްލޫ ލެގޫން" ސަފާރީ - ފޮޓޯ: ޓްވިޓާ (އެމްއެންޑީއެފް)

ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރުކުރަމުން ދިޔަ ސަފާރީއެއް ބ. ދަރަވަންދޫ ނެރަށް ރޭ ދަންވަރު އަރައިފި އެވެ.

އެމްއެންޑީއެފް އިން މަޢުލޫމާތު ދޭ ގޮތުގައި "ބްލޫ ލެގޫން" ނަމަކަށްކިޔާ އެ ސަފާރީ ނެރަށް އަރައިގެން އުޅޭކަމުގެ ޚަބަރު ރިޕޯޓްކޮށްފައި ވަނީ ރޭ މެންދަމު 00:45 ހާއިރު ކަމަށާއި، އެ ސަފާރީގައި އެވަގުތު 13 ފަތުރުވެރިންނާއި 14 ފަޅުވެރިން ތިބި ކަމަށެވެ. އަދި އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް އިން ވަނީ އެ ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެ ސަރަޙައްދަށްގޮސް، ސަފާރީގައި ތިބި ފަތުރުވެރިންނާއި ފަޅުވެރިން ދަރަވަންދޫ އަށް ގެންގޮސްފައެވެ.