Last Updated: August 22, 06:27
Friday, August 22, 2025
ޚަބަރު

ވައްޑޭ އަކީ އަބަދުވެސް ޤައުމަށް އިޚްލާސްތެރި ބޭފުޅެއް: މައުމޫން

ތުލުސްދޫ ދާއިރާގެ މެމްބަރު ވައްޑޭ، ކުރީގެ ރައީސް މައުމޫން އާއެކު - ފޮޓޯ: ޓްވިޓާ (ވައްޑޭ)

އަބަދުވެސް ސާބިތުވެ ހުންނަވާނީ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް އާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑޭ) ވިދާޅުވުމާއި ގުޅިގެން، މައުމޫން ވައްޑޭ އަށް ޝުކުރު ދަންނަވައިފި އެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މައުމޫން ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ނައިބު ރައީސް އަދި ތުލުސްދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އޮނަރަބަލް މުހައްމަދު ވަހީދު އިބްރާހިމް އަކީ ދުވަހަކު ދެގޮތެއް ނުވާ، ޤަުމަށް އިޚްލާސްތެރި ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑަށް ތިޔަ ކޮށްދެއްވާ ވަރުގަދަ ތާއީދަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން"، މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މައުމޫން މިހެން ވިދާޅުވިއިރު، މިއަދު ކުރެއްވި ޓްވީޓެއްގައި ޓްވީޓްގައި ވައްޑޭ ވިދާޅުވެފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އަށް ކުރިމަތިވެވަޑައިގެންނެވި ހިތްދަތި، އަދި އުފާވެރި ވަގުތުގައި ވެސް ދެގޮތެއް ނުވެ، އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކީ މިއަދާ ހަމައަށްވެސް ހުންނެވީ އެމަނިކުފާނާ އެކު ކަމަށެވެ.

އަދި ﷲ އިރާދަކުރެއްވިއްޔާ ދެންވެސް ހުންނަވާނީ ހަމަ އެގޮތުގައި ރައީސް މައުމޫން އާއެކު ކަމަށްވެސް ވައްޑޭ ވިދާޅުވި އެވެ.

ވައްޑޭ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި މައުމޫން ޖަލަށްލުމާއި ގުޅިގެން، ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ.