Last Updated: August 22, 06:27
Friday, August 22, 2025
ޚަބަރު

ދެންވެސް ހުންނާނީ ރައީސް މައުމޫން އާއެކު: ވައްޑޭ

އަބަދުވެސް ސާބިތުވެ ހުންނަވާނީ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް އާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ވައްޑޭ މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ވައްޑޭ ވިދާޅުވެފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އަށް ކުރިމަތިވެވަޑައިގެންނެވި ހިތްދަތި، އަދި އުފާވެރި ވަގުތުގައި ވެސް ދެގޮތެއް ނުވެ، އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކީ މިއަދާ ހަމައަށްވެސް ހުންނެވީ އެމަނިކުފާނާ އެކު ކަމަށެވެ.

އަދި ﷲ އިރާދަކުރެއްވިއްޔާ ދެންވެސް ހުންނަވާނީ ހަމަ އެގޮތުގައި ރައީސް މައުމޫން އާއެކު ކަމަށްވެސް ވައްޑޭ ވިދާޅުވި އެވެ.

ވައްޑޭ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި މައުމޫން ޖަލަށްލުމާއި ގުޅިގެން، ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ.