އިންޑިޔާގެ އުއްތަރް ޕްރަދޭޝްގެ ދަނޑުވެރިންގެ ދަރަނިތައް މަޝްހޫރު އެކްޓަރު އަމީތާބް ބައްޗަން ދައްކައި ޚަލާސްކޮށްދީފިއެވެ.
އަމީތާބް ނިސްބަތްވާ އުއްތަރް ޕްރަދޭޝްގެ ދަނޑުވެރިންނަށް ނިސްބަތްވާ 40 މިލިއަން ރުޕީސް(560،000 ޑޮލަރު) އިންޑިޔާ ބޭންކަށް ދައްކާފައިވާކަން އަމީތާބް ހާމަކޮށްފައިވަނީ އޭނާގެ ބްލޮގުގައެވެ.
އަމީތާބް ބުނެފައިވަނީ އެ ލޯނުތައް ދަނޑުވެރިންނަށް ދައްކާދިނުމުން ބޮޑު ކާމިޔާބީއެއް ލިބުނު ފަދަ ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ. އަމީތާބް ވަނީ އެ ދަނޑުވެރިންނަށް ބޭންކު ލޯނުތައް ދެއްކި ކަމުގެ ލިޔުން ހަވާލުކުރަން ބޭނުންވަނީ އަމިއްލައަށް ކަމަށް ބުނެފައެވެ.
އަދި ދަނޑުވެރިންގެ 70 މީހުން މުމްބާއި އަށް އައުމަށް ރޭލެއް ކުއްޔަށް ހިފައި، އެމީހުން އައުމުގެ އިންތިޒާމު އަމީތާބު ވަނީ ހަމަޖައްސާފައެވެ.
ދުނިޔޭގެ އެހެން ދަނޑުވެރި ގައުމުތަކެކޭ އެއްފަދައިން އިންޑިޔާއަށް ވެސް ކޮންމެ އަހަރަކު ކުރާ ބޯ ވިއްސާރާގައި އެތައް ގެއްލުންތަކެއް ދަނޑުބިންތަކަށް ލިބެއެވެ. ދަނޑުވެރިންނަށް އަނެއް އަހަރުގެ ފެންބޮޑުވާ މޫސުން އަންނައިރު ވެސް ނިމިގެންދިޔަ އަހަރުގެ ގެއްލުންތަކުން މުޅިން ފޫބެއްދޭ ގޮތެއް ނުވެއެވެ.
[ބީބީސީ]