Last Updated: July 26, 12:01
Sunday, July 26, 2026
ޚަބަރު

ޝެއިޚް އިލްޔާސްގެ ދަރުސެއް މިރޭ އިސްލާމީ މަރުކަޒުގައި

ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝެއިޚް އިލްޔާސް ހުސެއިންގެ ދީނީ ދަރުސްއެއް މިރޭ މާލޭ އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ޝެއިޚް އިލްޔާސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދަރުސް އޮންނާނީ އިސްލާމީ މަރުކަޒުގައި މިރޭ މަޣްރިބް ނަމާދަށް ފަހުގައި ކަމަށެވެ.

އިލްޔާސް ވަނީ ރިޔާސީ އިންތިޚާބުގެ ކުރިން އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި ސިލްސިލާ ދަރުސްތަކެއް ބާއްވާފައެވެ. އިލްޔާސް މިހާރު ދިރިއުޅުއްވަނީ ކިޔެވުމަށް މެލޭޝިޔާގައެވެ.