Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

ޖުވާ ކުޅެން ތިބި ބިދޭސީންތަކެއް ހިތަދޫން އަތުލައިގެންފި

ހިތަދޫ ބަނދަރު ސަރަހައްދުގައި ބިދޭސީންތަކެއް މަސްބާނަނީ. ބިދޭސީންނާއި ގުޅޭ ހިދްމަތް އައްޑޫން ލިބުން ވަނީ ހުއްޓީފައި

ސ. ހިތަދޫ މޫލެކެޑެ ސަރަހައްދުގެ ގެއެއްގައި ޖުވާ ކުޅެން ތިބި ބިދޭސީންތަކެއް ފުލުހުން އަތުލައިގެންފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނަށް ލިބުނު އިންޓަލިޖެންސް މައުލޫމާތަކާއި ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރު 1:30 އެހާކަށްހާ އިރު ނުވަ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށެވެ.

އެގޮތުން 7 މީހަކު އަތުލައިގަތީ ޖުވާ ކުޅެން ތިއްބަ އެެވެ. އަދި އެގޭގައި އުޅުނު އެހެން ބިދޭސީއަކު ހައްޔަރު ކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަތުލައިގަތް އެންމެންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަމަށެވެ. މި މައްސަލާގައި ބިދޭސީން އަތުލައިގަތް އިރު އެ މީހުންގެ އަތުން 2،500ރ. ވެސް ފެނިފައިވެ އެވެ.