Last Updated: July 26, 12:01
Sunday, July 26, 2026
ޚަބަރު

މަހުލޫފަށް ކުރި ދައުވާ ސާބިތެއް ނުވި

މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް، އަހުމަދު މަހްލޫފާ ދެކޮޅަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މަހްލޫފާ ދެކޮޅަށް ދައުވާ އުފުލާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު އެމަނިކުފާނު ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ. އޭރު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި މަހްލޫފް ވަނީ އޭގެ ކުރިންވެސް އެކި ފަހަރު މަތިން ދައުވާ އުފުލި، ދެ ދައުވާއެއް ސާބިތުވާ ކަމަށް ހުކުމްކޮށް ޖަލު ހުކުމެއް ވެސް ތަންފީޒު ކުރައްވާފައެވެ.

ޓުވީޓުގައި ޖަލުތަކުގައި ގައިދީންނާ ދޭތެރޭ އިހުމާލު ވަމުންދާ ކަމަށާއި އެކަމުގެ ޒިންމާ ކޮމިޝަނަރ އޮފް ޕްރިޒަންސް ޝިޔާން އަދި ޑެޕިއުޓީ، ސަލްމާން ނަންގަވަން ޖެހޭނެ ކަމަށް މަހްލޫފް ވިދާޅުވެފައިވެއެވެ.