Last Updated: May 18, 20:05
Saturday, May 18, 2024
ޚަބަރު

އައްޑޫ ކައުންސިލުން މިއަދުވެސް މިނިސްޓްރީތަކާ މަޝްވަރާކޮށްފި

ސިޓީ ކައުންސިލުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒާއި ބައްދަލުކުރައްވަނީ: ފޮޓޯ - ކައުންސިލް

އައްޑޫ ސިޓީ ކައުންސިލުން މިއަދުވެސް އާ ސަރުކާރުގެ ބައެއް މިނިސްޓްރީތަކަށް ޒިޔާރަތް ކުރައްވައި މަޝްވަރާގެ ބައްދަލުވުންތައް ބާއްވައިފިއެވެ.

ރައީސުލް ޖުމުހޫރިއްޔާގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އައްޑޫ ކައުންސިލުން މާލެ ވަޑައިގަތުމަށް ފަހު ރައީސް އަދި ނައިބު ރައީސްގެ އިތުރުން އާ ސަރުކާރުގެ ބައެއް މިނިސްޓްރީތަކާ ބައްދަލުކޮށް މަޝްވަރާ ކޮށްފައިވެއެވެ.

އެގޮތުން މިއަދު ކައުންސިލުން ވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އަދި ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާ ބައްދަލުކުރައްވާފައެވެ. ކައުންސިލުން އިއްޔެ ވަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި މަޝްވަރާ ކުރައްވައި އައްޑޫގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އައްޑޫގެ ސިއްހީ ދާއިރާއަށް އިހުމާލުވެފައިވާ ކަމަށް އައްޑޫ ރައްޔިތުން އަބަދުވެސް ވާހަކަ ދައްކައެވެ. އެމަނިކުފާނުގެ ޒައާމަތުގެ ދަށުގައި ޓާޝިއަރީ ހޮސްޕިޓަލެއް އަޅަން ފެއްޓެވި ނަމަވެސް، ހިތަދޫގައި ހުރި ރީޖަނަލް ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ނުކުރެވި ފަސް އަހަރު ވަނީ މާޒީވެ ގޮސްފައެވެ.