ކުރީގެ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ސިއްދީގު ބުނެފައިވަނީ ކްރިމިނަލް ކޯޓު ސަރަހައްދުން އޭނާއަށް ހަމަލާދީ "ލޭދުއްވާލީ" ޖަޒީރާ ރާއްޖެ ޓީޝާޓެއް ލައިގެން ހުރި މީހެއް ކަމަށެވެ.
ފުލުހުން "މިހާރު" ނޫހަށް ބުނެފައިވަނީ ކޯޓު ސަރަހައްދުގައި މާރާމާރީއެއް ހިންގި ރިޕޯޓު ލިބިފައިވާ ކަމަށާއި އަދި އެކަމުގެ ތުހުމަތުގައި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޕީޕީއެމް އިސް އެކްޓިވިސްޓަކަށް ހަމަލާ ދިނުން އެޕާޓީން ވެސް ވަނީ ކުށްވެރިކޮށްފައެވެ. ޕީޕީއެމް އެސްޖީ، މުހައްމަދު ހުސެއިން ޝަރީފް(މުންދު) ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ ހައްގު އެންމެންނަށް ލިބެން ޖެހޭ ކަމަށާއި ޚިޔާލު ފާޅުކޮށްގެން މާރާމާރީ ހިންގުން ކުށްވެރިކުރާ ކަމަށެވެ.