Last Updated: July 26, 06:31
Sunday, July 26, 2026
ޚަބަރު

މެމްބަރު ހުސެއިން މުހައްމަދު ޖޭޕީއަށް ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާ ތަމްސީލުކުރައްވަމުން އަންނަ މެމްބަރު، ހުސެއިން މުހައްމަދު ލަތީފް، ޕީޕީއެމް ދޫކުރައްވައި ޖުމުހޫރީ ޕާޓީއާ ގުޅިވަޑައިގެންފިއެވެ.

ކުރީގެ ރައީސް ޔާމީނާއި ގާތް ގުޅުމެއް އޮންނަ ހުސެއިން މުހައްމަދު ލަތީފަކީ އެމަނިކުފާނުގެ ވެރިކަމުގައި އެމަނިކުފާނު ދިފާއު ކުރައްވައި ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް ބުރަ މަސައްކަތެއް ކުރެއްވި މެމްބަރެކެވެ.

ހުސެއިން މުހައްމަދު ލަތީފާއެކު ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުވެސް ވަނީ އެނބުރި ޖުމުހޫރީ ޕާޓީއަށް ސޮއިކުރައްވާފައެވެ. ނަމަވެސް އިލްހާމް ވަނީ ޔާމީންގެ ވެރިކަން ނިމުމުގެ ކުރިން އެމަނިކުފާނުގެ ޕާޓީން ނިކުމެވަޑައިގެން އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެންފައެވެ.