ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސިއްދީގަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައާއި ގުޅިގެން ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ހާޝީމް (ސުމިތު)ގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ހަތް ދުވަސް ޖަހައިފި އެވެ.
މި މައްސަލައާއި ގުޅިގެން ސިއްދީގު ބުނެފައިވަނީ ކްރިމިނަލް ކޯޓު ސަރަހައްދުން އޭނާއަށް ހަމަލާދީ "ލޭދުއްވާލީ" ޖަޒީރާ ރާއްޖެ ޓީޝާޓެއް ލައިގެން ހުރި މީހެއް ކަމަށެވެ.
ޕީޕީއެމް އިސް އެކްޓިވިސްޓަކަށް ހަމަލާ ދިނުން އެޕާޓީން ވެސް ވަނީ ކުށްވެރިކޮށްފައެވެ. ޕީޕީއެމް އެސްޖީ، މުހައްމަދު ހުސެއިން ޝަރީފް(މުންދު) ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ ހައްގު އެންމެންނަށް ލިބެން ޖެހޭ ކަމަށާއި ޚިޔާލު ފާޅުކޮށްގެން މާރާމާރީ ހިންގުން ކުށްވެރިކުރާ ކަމަށެވެ.
އެހެންނަމަވެސް ސުމިތު ހައްޔަރުކުރުމާއި ގުޅިގެން އޭނާ ދޫކޮށްލުމަށް އެމްޑީޕީ އަށް ސަޕޯޓްކުރާ ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.