Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

އިލްޔާސް ލަބީބް ހުޅުދޫ ދާއިރާއަށް

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް 2009 ވަނަ އަހަރުން ފެށިން 2014 ވަނަ އަހަރާ ހަމައަށް މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ ގޮނޑި ތަމްސީލު ކުރެއްވި އިލްޔާސް ލަބީބް ނިންމަވައިފިއެވެ.

އިލްޔާސް ލަބީބް، އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ކަން އިއުލާންކޮށްފައިވަނީ ޓުވިޓާ މެދުވެރިކޮށެވެ. އޭނާ ވަނީ ނިމިގެން މިދާ ރައްޔިތުންގެ މަޖިލީހަށް ވެސް އެމްޑީޕީ ޓިކެޓުގައި ހުޅުދޫ ދާއިރާއަށް ކުރިމަތިލާފައެވެ.

އިންތިޚާބުން ނާކާމިޔާބުވި ނަމަވެސް އިލްޔާސް ވަނީ އެމްޑީޕީގައި މަސައްކަތް ކޮށްފައެވެ. މިފަސް އަހަރު ތެރޭ އޭނާ ފެނިފައިވަނީ އެމްޑީޕީގެ އިދާރީ ކަންތައްތައް ބެލެހެއްޓެވުމުގައެވެ.

ނަމަވެސް ޕީޕީއެމްގެ ކެންޑިޑޭޓު އަދި މިހާރު މެމްބަރު މުހައްމަދު ޝާހިދު(ޝާޑު) ވަނީ ދާއިރާ ކާމިޔާބުކޮށް ގޮނޑި ހޯއްދަވާފައެވެ. އެމްޑީޕީ ޓިކެޓު ހޯދުމަށް ރިޔާސީ އިންތިޚާބުގެ ކުރިން އެމްޑީޕީއާ ގުޅުނު ސަތޯ ވެސް ޕްރައިމަރީގައި ވާދަކުރަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް ސަތޯ އަދި އެކަން ރަސްމީކޮށް އިއުލާން ކޮށްފައެއް ނުވެއެވެ. ސަތޯ ވަނީ މިދިޔަ އިންތިޚާބުގެ ޕީޕީއެމް ޕްރައިމަރީގައި ޝާޑުއާ ވާދަކޮށްފައެވެ.