ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަކުރުމުގެ ގޮތުން ރަބީއުލް އައްވަލް މަހުގެ 12 ވަނަ ދުވަސް، މިސަރުކާރުން ފާހަގަނުކުރީތީ ޝެއިޚް އަލީ ޒައިދު ސަރުކާރަށް މަރުހަބާ ކިޔައިފިއެވެ.
އަލީ ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަސޫލާގެ އީދު މީލާދު ފާހަގަކުރުމަކީ ބިދުއައެއް ކަމަށާއި މިސަރުކާރުން އެކަން ކޮށްފައިނުވާ ކަމަށް މައުލޫމާތު ލިބިފައިވާތީ މަރުހަބާ ކިޔާ ކަމަށެވެ.
އިސްލާމްދީނުގައި އެއްވެސް މީހެއްގެ އުފަންދުވަސް ފާހަގަކުރުމެއް ނޯންނަ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިން ވަނީ ފަތަވާ އަރުވާފައެވެ. އަދި ރަސޫލާގެ ހަޔާތްޕުޅުގައި ވެސް އެކަލޭގެފާނު އެފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަމަށް އިލްމުވެރިން ވަނީ އެއީ ބިދުއައެއް ކަން ސާބިތުކުރުމަށް ވިދާޅުވެފައެވެ.