Last Updated: July 26, 11:16
Sunday, July 26, 2026
ޚަބަރު

ގާނޫނާ ޚިލާފަށް ރުއްގަސް ކަނޑާ މައްސަލަ ބެލުމަށް ދަންނަވައިފިން: ހޯމް މިނިސްޓަރ

އިމްރާން ދޫނިދޫ ޖަލަށް ވަޑައިގަންނަވަނީ: ފޮޓޯ - ޕޮލިސް

ގާނޫނާއި ޚިލާފަށް ރުއްގަސް ކެނޑުމާއި ފަރުތަކާއި ފަޅުތަކަށް ގެއްލުންދިނުން ފަދަ ކަންކަން، ޚާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް ފުލުހުންނަށް ދަންވާފައިވާ ކަމަށް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވެފައިވަނީ ގާނޫނާ ޚިލާފަށް ގިނަ އަދަދެއްގެ ރުއް ކަނޑަމުންދާ މައްސަލަ ބަލާދިނުމަށް އާންމު ރައްޔިތަކު އެދުމުންނެވެ. އެމައްސަލާގައި އިތުރު ތަފްސީލެއް މިނިސްޓަރު ހާމަކުރައްވާފައެއް ނުވެއެވެ.

މީގެ ކުރިން ރާއްޖޭގެ ރަށްތަކުން ގާނޫނާއި ޚިލާފަށް އެއް ފަހަރާ ގިނަ އަދަދެއްގެ ރުއް ކަނޑައި، ބޭރުކުރަން އުޅެނިކޮށް ކަސްޓަމްސް އިން ވަނީ އެކަން ހުއްޓުވާފައެވެ.

ނަމަވެސް އަދިވެސް ރިސޯޓުތަކަށް ގެންދަން ރުއް ކަނޑަމުންދާ ކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ. އީޕީއޭ އަށް އެކަން ނުހުއްޓުވޭތީ އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.