Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

11 ކުންފުންޏެއްގެ އިސްވެރިން މަޤާމުން ވަކިކޮށްފި

ޕްރައިވެޓައިޒޭޝަން ބޯޑްގެ ރައީސް މުހައްމަދު ނިޒާރު - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ސަރުކާރުގެ 11 ކުންފުންޏެއްގެ އިސްވެރިން މަޤާމުން ވަކިކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް އިން މިއަދު މަޤާމުން ވަކިކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޗެއަރމަން އަހްމަދު އައިމަން އާއި މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޡުހޫރު، ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ޗެއަރމަން މުހައްމަދު ރަޝީދު އާއި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއަރމަން މުހައްމަދު ޝާހިދު އާއި މެނޭޖިންގ ޑިރެކްޓަރ އަހްމަދު ނާސިފު އާއި ބޯޑް މެމްބަރ އަހްމަދު ބުންޔާމީން، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ޗެއަރމަން އަހްމަދު ޝަފީޢު އާއި މެނޭޖިންގ ޑިރެކްޓަރ އަބްދުލްހާރިޘް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރމަން އިޤބާލް އާދަމް އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިދުރީސް އިސްމާޢީލް ހިމެނެއެވެ.

މީގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ)ގެ ޗެއަރމަން އަހްމަދު ނިޔާޒު އާއި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔަތު، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަތީފް، ދިރާގުގެ ޗެއަރމަން މުހައްމަދު އަޝްމަލީ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ޗެއަރޕަރސަން މަރްޔަމް އަޛުރާ އަހްމަދު އާއި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސިކްރާމް އަބްދުއްލަތީފްގެ އިތުރުން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއަރމަން އިޙްސާން އަބްދުލްޣަނީ އާއި މެނޭޖިންގ ޑިރެކްޓަރ އަބްދުއްރައްޒާޤު އިބްރާހީމް ވެސް ވަނީ މިއަދުން ފެށިގެން މަޤާމުން ވަކިކޮށްފަ އެވެ.

މި ބޭފުޅުން މަޤާމްތަކުން ވަކިކޮށްފައިވާ ސަބަބެއް އަދި ސާފެއް ނުވެއެވެ.