Last Updated: May 18, 20:05
Saturday, May 18, 2024
ޚަބަރު

އައްޑޫ އެއާޕޯޓު އެމްޑީގެ މަގާމުން ލަތީފް ވަކިކޮށްފި

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް(އޭއައިއޭ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު ލަތީފް ވަކިކޮށްފިއެވެ.

އާ ސަރުކާރު ގާއިމުވެ ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް ވެރިންނާއި ސިޔާސީ މަގާމުތަކުން ކުރީ ސަރުކާރަށް ނިސްބަތްވާ ގިނަ ފަރާތްތަކެއް ވަނީ މިއަދު ދުރުކޮށްފައެވެ.

އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ގާތް ގުޅުމެއް އޮންނަ އެއާޕޯޓު އެމްޑީ ލަތީފް ވެސް ހިމެނެއެވެ. ލަތީފް އެއާޕޯޓާއި ހަވާލުވީ މިއަހަރުގެ އެޕްރިލް މަހުގެ 19 ވަނަ ދުވަހުގައެވެ.

ލަތީފް ވަނީ ޔާމީންގެ ސަރުކާރުގައި އެމްއާރުޑީސީގެ ޗެއާމަންގެ މަގާމުވެސް ފުރުއްވާފައެވެ. ސަރުކާރުން ވަނީ އެމްއާރްޑީސީ އުއްވާލުމަށް ފަހު މުވައްޒަފުންނާއި މަސައްކަތް، ފަހުން ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.