Last Updated: May 18, 18:49
Saturday, May 18, 2024
ޚަބަރު

މެމްބަރު އަރީފާއި މޫސާ ޖަލީލްވެސް ޖޭޕީއަށް

sun.mv

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފާއި ކުރީގެ ޗީފް އޮފް ޑިފެންސް، ރިޓަޔާޑް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލް މިއަދު ޖުމުހޫރީ ޕާޓީއާ ގުޅިވަޑައިގެންފިއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރަށް ތާއީދު ކުރި ގިނަ ބަޔަކު ޖޭޕީ އާ ގުޅެމުން އަންނަ އިރު ކޯލިޝަންގައި ހިމެނޭ އިތުރު ޕާޓީތަކުގެ ފާޑުކިޔުންތައް އެބޭފުޅުންނަށް ވަނީ އަމާޒުވެފައެވެ.

ޖުމުހޫރީ ޕާޓީއާ އިއްޔެ ވަނީ ޕީޕީއެމްގެ މެމްބަރެއް ކަމަށްވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ގުޅިވަޑައިގެންފައެވެ. އަދި ބިލެތްދޫ ދާއިރާގެ މެމްބަރު މުބީން ވެސް ވަނީ ދާދި ފަހުން ގާރީ ރަޝީދާއެކު ޖޭޕީއަށް ސޮއިކުރައްވާފައެވެ.