ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ކޯލިޝަންގެ އިސް ބައެއް ބޭފުޅުން މިއަދުވެސް އައްޔަން ކުރައްވައިފިއެވެ.
އެގޮތުން ރައީސް އިބޫ ސޯލިހް ވަނީ އެމަނިކުފާނަށް ގާނޫނު އަސާސީ ގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ލިބިދޭ ބާރުން އެމަނިކުފާނުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ޔޮޓް ޓުއާސް ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު އައްޔަން ކުރައްވާފައެވެ.
Gallery: Minister at the President's Office, and Minister of State for National Planning and Infrastructure appointedhttps://t.co/0bSJLfOg5g pic.twitter.com/Xvg3KZdcwG
— The President's Office (@presidencymv) November 22, 2018
މީގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމަށް އެމްޑީޕީގެ ނައިބު ރައީސް އަދި ކުރީގެ ބާރަށު ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޒް މިއަދު ރައީސް އިބޫ ވަނީ އައްޔަން ކުރައްވާފައެވެ.

މީގެ އިތުރުން މިއަދު ރައީސް އިބޫ ވަނީ ތިން ވުޒާރާއަކަށް ސްޓޭޓު މިނިސްޓަރުން ވެސް އައްޔަން ކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް އައްޔަން ކުރެއްވި ބޭފުޅުންނަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަޤާމަށް ގަލޮޅު އުތުރުގެ އަޙްމަދު ޚަލީލާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މަޤާމަށް މާފަންނު ލަކްސްލިން ނީޒާ ޢިމާދާއި އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމަށް ދަފްތަރު ނަންބަރު ރސ 1800 މުޙައްމަދު ޠާރިޤެވެ.