Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ކަރެކްޝަންސްގެ ވެރިޔާ ޝިހާމް މަޤާމުން ވަކިކޮށްފި

ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު ޝިހާން - ފޮޓޯ: އަހްމަދު މުހުސިން (ރާއްޖެއެމްވީ)

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސް، އަހްމަދު ޝިހާން މަޤާމުން ވަކިކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޝިހާން މަޤާމުން ވަކިކުރެއްވީ އިއްޔެ އެވެ. ނަމަވެސް އެ މަޤާމަށް އަދި ބޭފުޅަކު އައްޔަންކުރައްވާފައެއް ނުވެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް ޝިހާން އައްޔަންކުރީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އޭނާ މަޤާމުން ވަކިކޮށްފައިވާއިރު، އޭނާ އިސްތިއުފާދެއްވުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދާތާ މިހާރު ވަނީ ދުވަސްތަކެއް ވެފައެވެ. އަދި ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި ކުށްވެރިންގެ ޙައްޤުތައް ވެސް އެ މުއައްސަސާއިން ނިގުޅައިގަންނަމުންދާ ކަމަށްބުނެ، އެ އިދާރާއަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.