Last Updated: July 26, 11:16
Sunday, July 26, 2026
ޚަބަރު

ހިތަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް

އައްޑޫ ސިޓީގެ ހިތަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެއް ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ އެ ހާދިސާ ހިނގިކަމުގެ ޚަބަރު ލިބުނީ ރޭ 10:30 އެހާކަށްހާއިރު ކަމަށެވެ. އަދި ފަޔާ އެންޑް ރެސްކިއު ޓީމުގެ މަސައްކަތުން 11:08 ވީއިރު އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށެވެ.

މިހާދިސާގައި އެގޭގައި ބޭނުންކުރި ބައެއް ހިފާ ގެންގުޅޭ ތަކެއްޗާއި މުދަލަށް ވަނީ ގެއްލުން ލިބިފައެވެ. އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި ރޯވެފައިވަނީ ގޭގައި އެއްވެސް މީހަކު ނެތް ދަނޑިވަޅެއްގައެވެ.

ރޯވުމަށް މެދުވެރިވި ސަބަބެއް ހާމަކޮށްފައިނުވި ނަމަވެސް ފުލުހުން ވަނީ ރޯވި ސަބަބެއް ހޯދުމަށް ތަހުގީގު ފަށާފައެވެ.