Last Updated: May 5, 12:02
Sunday, May 5, 2024
ޚަބަރު

ލަންކާ "ސްނައިޕަރު" ގައުމަށް ފޮނުވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަވަހާރަކޮށްލުމަށް އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ގެނައި ސްނައިޕަރެއް ކަމަށް ބުނެ ހައްޔަރުކުރި ލަންކާ ރައްޔިތެއް ކަމަށްވާ ލަހިރު މަދުޝަންކަރު 3 އަހަރު ދުވަސް ފަހުން މިނިވަންވެ، ރޭ އަމިއްލަ ގައުމަށް ފޮނުވާލައިފިއެވެ.

މަދުޝަންކަރު މިނިވަންވީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ސާބިތުވާނެ ގޮތެއް ނެތް ކަމަށް ކޯޓުން ނިންމައި، އޭނާ މިނިވަން ކުރުމާއި ގުޅިގެންނެވެ. އޭނާ ބުނެފައިވަނީ ރާއްޖޭގައި ކުރިމަތިވީ ވަރަށް ހިތި ތަޖުރިބާއެއް ކަމަށާއި އޭނާއަށް ޖަލުގައި ވަރަށް އަނިޔާ ކޮށްފައިވާ ކަމަށެވެ.

އަދި ރާއްޖެ އައީ މަސްވެރިކަމަށް ކަމަށާއި ކުރެވުނު ތުހުމަތު ތަކަކީ ހަގީގަތާއި ޚިލާފު ތުހުމަތުތަކެއް ކަމަށް މަދުޝަންކަރު ބުނެއެވެ. އޭނާ މިނިވަން ކުރުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މަސައްކަތް ކޮށްފައެވެ.

ރައީސް ޔާމީން އަވަހާރަކޮށްލުމަށް އުޅުނު ކަމުގެ ތުހުމަތުގައި ކުރީގެ ނައިބު ރައީސް އަދީބަށް ވަނީ ޓެރަރިޒަމްގެ ދައުވާ އާއި އިތުރު ދައުވާތަކާ އެކު 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.