Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ފޮރިން މިނިސްޓަރ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަށް މިއަދު ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު، އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް އާއި އިންޑިއާ ސަރުކާރުގެ އެހެނިހެން އިސް އޮފިޝަލުންނާއި ބައްދަލުކުރައްވައި، ދެ ޤައުމު ދެމެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމާއި ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދްގެ އަރިހުގައި، ފިނޭންސް މިނިސްޓަރ އަހްމަދު އަމީރު އާއި، އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛް ފައްޔާޒް އިސްމާއިލް އާއި، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޚަލީލްގެ އިތުރުން ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރް މުހައްމަދު އަދި ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.