Last Updated: June 20, 02:15
Friday, June 19, 2026
މުނިފޫހިފިލުވުން

"ދަ ލަޔަން ކިންގް" ގެ ފުރަތަމަ ޓީޒާ ދައްކާލައިފި

ޑިޒްނީ އިން 1994 ވަނަ އަހަރު ރިލީޒްކުރި "ދަ ލަޔަން ކިންގް"ގެ ލައިވް-އެކްޝަން ރީމޭކްގެ ފުރަތަމަ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ އަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމްގެ ކެރެކްޓާތަކަށް އަޑުއަޅައިދީފައިވާ މަޝްހޫރު ތަރިންގެ ތެރޭގައި ބިޔޯންސޭ އާއި ޑޯނަލްޑް ގްލޯވާ އާއި ޗިވެތެލް އެހިއޮފޯރް އަދި ސެތު ރޯގަން ހިމެނެއެވެ.

މިއަދު ރިލީޒްކުރި މި ޓީޒާ އިން ފެނިގެންދަނީ ރަފީކީ، ކުޑަކުޑަ ސިމްބާ ޕްރައިޑް ލޭންޑްސްގެ ޖަނަވާރުންތަކަށް ދައްކާލާ މަންޒަރެވެ. އަންނަ އަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމް ވެސް ނެރޭޓްކޮށްދީފައި ވަނީ 1994 އަހަރުގެ އޮރިޖިނަލް ލަޔަން ކިންގް އަދި އަންނަ އަހަރުގެ ލައިވް-އެކްޝަން ރީމޭކްގައި މުފާސާގެ އަޑުއަޅައިދީފައިވާ ޖޭމްސް އާލް ޖޯންސް އެވެ.

މި ފިލްމް ޑައިރެކްޓްކޮށްފައި ވަނީ "ދަ ޖަންގަލް ބުކް"ގެ ލައިވް-އެކްޝަން ރީމޭކް ވެސް ޑައިރެކްޓްކޮށްދިން ޖޮން ފެވްރޯ އެވެ. ސިމްބާގެ އަޑު އަޅައިދީފައި ވަނީ ޑޯނަލްޑް ގްލޯވަރ ކަމަށްވާއިރު، ނާލާގެ އަޑުއަޅައިދީފައި ވަނީ ބިޔޯންސޭ އެވެ. އަދި ސިމްބާގެ ބޮޑުބޭބެ، ސްކާގެ އަޑުއަޅައިދީފައި ވަނީ ޗިވެތެލް އެހިއޮފޯރް އެވެ.

"ދަ ލަޔަން ކިންގް"ގެ ލައިވް-އެކްޝަން ރީމޭކް ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު އެވެ.