Last Updated: June 20, 02:15
Friday, June 19, 2026
މުނިފޫހިފިލުވުން

"ޒީރޯ" ގެ ފުރަތަމަ ލަވަ ނެރެފި

މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމް ކަމަށްވާ ޝާހް ރުކް ޚާން އާއި އަނުޝްކާ ޝަރްމާގެ "ޒީރޯ"ގެ ފުރަތަމަ ލަވަ ދައްކާލައިފި އެވެ.

މި ލަވައަކީ ޝާހް އާއި އަނުޝްކާގެ ލޯބީގެ ލަވައެވެ. މި ލަވައިން ފެނިގެންދަނީ އަނުޝްކާގެ ހިތުން ޖާގަ ހޯދުމަށްޓަކައި ޝާހް މަސައްކަތްކުރާ މަންޒަރެވެ. މި ލަވަ ކިޔާފައި ވަނީ އަބޭ ޖޯދާޕުކާރް އެވެ. އަދި މި ލަވަ ޑައިރެކްޓްކޮށްދީފައި ވަނީ އަޖޭ އަތުލް އެވެ.

މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ކަމަށްވާއިރު، ފިލްމްގެ ރަސްމީ ޓްރެއިލާ އާންމުންނަށް ދައްކާލާފައިވަނީ ޝާހްގެ އުފަން ދުވަހު އެވެ. އެއީ މި ހިނގާ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހެވެ.

މި ފިލްމްގައި ޝާހްގެ އިތުރުން ކެޓްރީނާ ކައިފް އާއި އަނުޝްކާ ޝަރްމާ ވެސް ވަރަށް މުހިންމު ރޯލްތަކުން ފެނިގެންދާނެ އެވެ. އެގޮތުން އަނުޝްކާ ފެނިގެންދާނީ ސެރެބްރަލް ޕަލްސީ ޖެހިފައިވާ މީހެއްގެ ގޮތުގައެވެ. މީގެ އިތުރުން މި ފިލްމްގައި ބޮލީވުޑްގެ ގިނަ ތަރިން ޚާއްސަ ފެނިލުމަކުން ވެސް ފެނިގެންދާނެ އެވެ. އެގޮތުން ފޭނުން އެންމެ ބޮޑަށް އިންތިޒާރު ކުރަމުންދަނީ ދާދިފަހުން ނިޔާވި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ކެމިއޯ އަށެވެ. ސްރީދޭވީގެ އިތުރުން ސަލްމާން ޚާންވެސް މި ފިލްމްގެ ކެމިއޯ އަކުން ފެނިގެންދާނެ އެވެ.