Last Updated: July 26, 11:16
Sunday, July 26, 2026
ޚަބަރު

ނައިބު ރައީސް ދިއްދުއަށް ވަޑައިގެންފި

ރާއްޖޭގެ ނައިބު ރައީސް، ފައިސަލް ނަސީމް ރާއްޖޭގެ އުތުރަށް ޒިޔާރަތެއް ކުރައްވައިފިއެވެ. މަގާމާއި ހަވާލުވެވަޑައިގަތް ފަހުން ކުރައްވާ ފުރަތަމަ ދަތުރުފުޅު އެމަނިކުފާނު ކުރައްވަނީ ހއ. ދިއްދުއަށެވެ.

މިދަތުރުފުޅަކީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އެރަށުގައި އިންތިޒާމްކޮށް ބާއްވާ ޤުރުއާން މުބާރާތުގެ ނަތީޖާގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ލަތީފްގެ ދައުވަތަކަށެވެ.

މިދަތުރުފުޅުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވެސް ނައިބު ރައީސް ފައިސަލްއާއި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިމުބާރާތުގެ އެއްވަނަ ހޯދާ ފަރާތަކަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ. ނަމަވެސް އެއީ ހަމައެކަނި ދިއްދޫ ރައްޔިތުންގެ ތެރެއިން މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވަނަ ހޯދާ ފަރާތަކަށް ކަނޑައެޅިފައިވާ އިނާމެވެ.

އަތޮޅުގެ އެހެން ރަށްތަކުން މުބާރާތުގައި ވާދަކޮށް އެއްވަނަ ހޯދާ ފަރާތަކަށް 15،000ރ. ގެ ފައިސާގެ އިނާމެއް ލިބުމަށް ވަނީ ހަމަޖެހިފައެވެ.