Last Updated: July 26, 11:16
Sunday, July 26, 2026
ޚަބަރު

ޕީޖީ ބިޝާމް ބޭރުކުރެވޭނެ: އަބުޅޯ

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން އައިޝަތު ބިޝާމް ވަކިކުރެވޭނެ ކަމަށާއި، އެކަމަނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން ހުށައަޅުއްވާނެ ކަމަށް މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

މެމްބަރު އަބްދުﷲ ވަނީ މިދިޔަ ހޯމަ ދުވަހު ޕީޖީގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅުއްވައި، ހަމަ އެދުވަހު މައްސަލަ އަނބުރާ ނަންގަވާފައެވެ.

އަބުޅޯ ވިދާޅުވީ އެކަން އެގޮތަށް ކުރެއްވީ އިތުރު ކަންތައްތަކެއް ފާހަގަކުރެވިގެން ކަމަށެވެ. އަދި އެކަންތައް ހިމެނުމަށް ފަހު އަލުން މައްސަލަ ހުށައަޅުއްވާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

އަބުޅޯ މިހެން ވިދާޅުވެފައިވަނީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމުން ސިޔާސީ ނުފޫޒާ ހެދި އެ މައްސަލަ އަނބުރާ ނަގާފައިވާ ކަމަށް ވާހަކަދެކެވެމުންދާ ދަނޑިވަޅެއްގައެވެ.