Last Updated: June 10, 20:48
Thursday, June 11, 2026
ޚަބަރު

ހަނާ، ކަރަޕްޝަން ބަލާ ކޮމެޓީން އިސްތިއުފާ ދެއްވައިފި

ސަރުކާރު ތެރޭގައި ހިންގާފައިވާ ކަރަޕްޝަން ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލި ކޮމެޓީގެ މެމްބަރު ގާނޫނީ ވަކީލް އައިޝަތު ހަނާ ވަހީދު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ހަނާ ކޮމެޓީން އިސްތިއުފާ ދެއްވާފައި ވަނީ އޭނާ ކޮމެޓީގައި ހުރުމަކީ މަސްލަހަތު ފުށޫ އަރާކަމެއް ކަމަށް ވިދާޅުވެއެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްް ކަން ވިދާޅެއް ނުވެއެވެ.

ޕީޖީ އޮފީހުގެ ކުރީގެ ޕަބްލިކް ޕްރޮސިކިއުޓާގެ މަގާމު އަދާކުރެއްވި ހަނާ، ރައީސް ސޯލިހުގެ ސަރުކާރުން އެކުލަވާލި ކަރަޕްޝަން ބަލާ ކޮމެޓީގައި ހިމެނުމާއި ގުޅިގެން އެކަމާއި ދެކޮޅަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔާފައެވެ. ހަނާއަށް ފާޑު ކިޔާފައިވަނީ އޭނާ މަސްތުވާތަކެތީގެ މައްސަލައެއްގައި މީގެ ކުރިން ހައްޔަރު ކުރުމާއި ގުޅިގެންނެވެ.