Last Updated: June 7, 11:01
Sunday, June 7, 2026
ޚަބަރު

އެއްވެސް ރައްޔިތަކަށް ވަޒީފާގެ ބިރު ނުދައްކާ، އެއީ ކުށެއް:މުސްތަފާ

އެއްވެސް ރަށެއްގެ އެއްވެސް ރައްޔިތަކަށް ވަޒީފާގެ ބިރުދައްކާ މީހަކު އެ ކުރަނީ ގާނޫނީ ގޮތުން ބޮޑު ކުށެެއް ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފަދަ ކަމެއް ކުރި މީހެއްގެ މައްސަލަ ޕޮލިހަށް ހުށަހަޅަން އެދޭ ކަމަށެވެ.

"އެއްވެސް ރަށެއްގެ އެއްވެސް ރައްޔިތަކަށް ވަޒީފާގެ ބިރުދައްކާ މީހަކު އެ ކުރަނީ ގާނޫނީ ގޮތުން ބޮޑު ކުށެެއް. އެފަދަ ކަމެއް ކުރި މީހެއްގެ މައްސަލަ ޕޮލިހަށް ހުށަހެޅުން އެދެން. އަދި މައުލޫމާތު ލިބިއްޖެނަމަ ޚުދު އަޅުގަނޑު ވެސް އެ މައްސަލަ ހުށަހަޅާދޭނަން." މުސްތަފާ ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ސަރުކާރު ނިމެން އައިއިރުވެސް އެންމެ ގަދަޔަށް އިވެމުން ދިޔައީ ސަރުކާރު ވަޒީފާތަކުގައި ތިއްބެވި ފަރާތްތަކަށް ވަޒީފާގެ ބިރު ދައްކާ ވާހަކައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު އައުމަށްފަހު އެފަދަ ކަންތައް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން އެ ބޭފުޅުން ވަނީ ރައްޔިތުންނަށް ކެމްޕޭން ދުވަސްވަރު ދެއްވާފައެވެ.