Last Updated: March 29, 10:07
Friday, March 29, 2024
ޚަބަރު

ރެމޯ ދެން އުފައްދާ ފިލްމެއްގައި ފެނިގެންދާނެ ތަރިންގެ ނަންތައް ހާމަކޮށްފި

މަޝްހޫރު ބޮލީވުޑްގެ ކޮރިއޯގްރާފާ އަދި ފިލްމް ޕްރޮޑިއުސަރ ރެމޯ ޑިސޫސާ ދެން އުފައްދާ ފިލްމެއްގައި ފެނިގެންދާނެ ތަރިންގެ ނަންތައް ހާމަކޮށްފިއެވެ.

ސްޓާ ޕްލަސް އިން ދައްކަމުންދާ މަޝްހޫރު ރިއަލިޓީ ޝޯވ "ޑާންސް ޕްލަސް 4" ގެ ހޮނިހިރުދުވަހުގެ ރޭ ދެއްކި އެޕިސޯޑްގައި ރެމޯ ވަނީ އޭނާގެ ކުރިޔަށް އޮތް ފިލްމުގައި ހަރަކާތްތެރިވާނެ ތަރިން ދައްކާލާފައެވެ. އެގޮތުން އޭނާ ފާހަގަ ކުރި ނަން ތަކުގެ ތެރޭގައި ހިމެނެނީ އެ ޕްރޮގްރާމްގައި ޓީމްތަކުގެ ކެޕްޓަނުންގެ ގޮތުގައި ހަރަކާތްތެރިވާ ޝަކްތީ މޯހަން ސިންގް، ދަރްމޭޝް ޔެލާންޑޭ، ޕުނީތް ޕާޓަކް އަދި އެ ޕްރޮގްރާމް ހުށަހަޅައިދޭ ރާގަވް ޖުޔަލްއެވެ. މީގެ އިތުރުން މިފަހަރުގެ ޕްރޮގްރާމްގައި ހުނަރުވެރި މޮޅު ނެށުމެއް ދައްކަމުންގެންދާ ވަރްތިކާ ޖާ އަދި އެ ޝޯވ ކާމިޔާބު ކުރާ ފަރާތެއް ވެސް ހިމެނިގެންދާނެ ކަމަށް ރެމޯ ވަނީ ބުނެފައެވެ.

ފިލްމް "އޭބީސީޑީ 2" ގެ ތަރިން

މެއިން ލީޑް ރޯލުން ފެނިގެންދާނެ 2 ތަރިން ފަހުން އިއުލާން ކުރެވޭނެ ވާހަކަވެސް ރެމޯ ވަނީ ބުނެފައެވެ.

ރެމޯގެ ފިލްމްތައް ކަމަށްވާ އޭބީސީޑީ ސީރީޒްގެ ފިލްމުތަކަކީ ގިނަބައެއްގެ ތާއީދު ލިބިފައިވާ ފިލްމުތަކެކެވެ. ޕްރޮޑިއުސަރެއްގެ އިތުރުން ޑައިރެކްޝަނުގައި ވެސް ރެމޯ ވަނީ އޭނާގެ މޮޅު ހުނަރު ބެލުންތެރިންނަށް ދައްކާލާފައެވެ.