Last Updated: June 7, 11:01
Sunday, June 7, 2026
ޚަބަރު

ޕަބްލިކް ޕްރޮސެކިއުޓަރުން މިހާރު ޒިންމާއިން ބަރީއަވެވިގެން ނުވާނެ: އަލީ ހުސައިން

މީގެ ކުރިން ސިޔާސީ ގޮތުން މީހުންގެ މައްޗަށް ހިތުހުރި ގޮތަކަށް ޓެރަރިޒަމްގެ ޗާޖް ކުރަމުންދިޔަ ޕަބްލިކް ޕްރޮސެކިއުޓަރުން މިހާރު ޒިންމާއިން ބަރީއަވެވިގެން ނުވާނެ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިހެން ވިދާޅުވީ އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

"ސިޔާސީ ގޮތުން މީހުންގެ މައްޗަށް ގޮތެއް ފޮތެއް ނެތި ޓެރަރިޒަމްގެ ޗާޖް ކުރަމުންދިޔަ އިރު ޕަބްލިކް ޕްރޮސެކިއުޓަރުން ހީކޮށްގެން ތިބީ ޔާމީން މުޅި އުމުރަށް ވެރިކަމުގައި ހުންނާނެ ކަމަށް. ޒިންމާއިން ބަރީޢަވެވިގެން ނުވާނެ މިހާރު." އަލީ ހުސައިން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ގޮތުން ހައްޔަރުކުރެވުނު ކޮންމެ މީހެއްގެ މައްޗަށް ހެން ދިޔައީ ޓެރަރިޒަމްގެ ދައުވާކޮށް ޖަލަށް ލަމުންނެވެ. ޓެރަރިޒަމަކީ ކޮބައިކަން މީހުންނަށް އޮޅޭ ވަރަށް އެކަން ހިންގާފައިވާ ކަމަށް ބައެއް ފަރާތްތަތަކުން ބުނަމުން ދިޔައެވެ.