Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ގެވެށި އަނިޔާގެ 1400 އަށް ވުރެ ގިނަ މައްސަލަ މިއަހަރު ހުށައަޅާފައިވޭ: ޖެންޑަ މިނިސްޓަރ

ގެވެށި އަނިޔާގެ 1،400 އަށް ވުރެ ގިނަ މައްސަލަ ހިނގަމުންދާ 2018 ވަނަ އަހަރު ހުށައެޅިފައިވާ ކަމަށާއި އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނަށް އަނިޔާ ކުރާ މައްސަލަ ކަމަށް ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ތަފާސް ހިސާބުތައް ބަޔާންކޮށްފައިވާއިރު ވިދާޅުވީ، ޖުމުލަ ހުށައެޅިގެން ދިޔަ މައްސަލަތަކުގެ 60 އިންސައްތަ އަށް ވުރެ ގިނައީ އަންހެނުންނާއި ކުޑަ އަންހެން ކުދިންނަށް ކުރި އަނިޔާތަކުގެ މައްސަލަ ކަމަށެވެ.

ރާއްޖޭގައި ގެވެށި އަނިޔާ، ޚާއްސަކޮށް އަންހެނުންނަށް ކުރާ އަނިޔާ ނުހުއްޓުވި އިތުރުވަމުން އަންނަ އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ މައްސަލަ ހައްލުކުރެއްވުމަށް ވައުދުވެވަޑައިގެންފައެވެ.