ރާއްޖޭގެ ދީނީ ކަންކަން ހަރުދަނާކޮށް ރަނގަޅު ކުރާނީ އިލްމުވެރިންގެ މަޝްވަރާގެ މަތިންކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީ އާއި ހަވާލުވުމަށްފަހު ފުރަތަމަ ފަހަރަށް ދީނީ އިލްމުވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ޒާހިރު ވިދާޅުވީ މިނިސްޓްރީގެ އެންމެ މުހިންމު މަސައްކަތަކަށް ވާނީ ދީނީ އިލްމުވެރިންގެ ލަފާއާ އިރުޝާދާއެކު ރާއްޖޭގެ ދީނީ ކަންކަން ރަގަޅުކުރު ކަމަށެވެ. އަދި މި މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.
އިސްލާމީ މަރުކަޒުގައި ރޭ ކުރިއަށް ގެންދިޔަ މި ބައްދަލުވުމަށް ގިނަ އަދަދެއްގެ އިލްމުވެރިން ވަޑައިގެންނެވި އިރު ދީނީ ކަންކަން ހަރުދަނާ ކުރެއްވުމަށް ބައެއް ލަފާ މިނިސްޓަރަށް ވަނީ އަރުވާފައެވެ.
އިސްލާމިކް މިނިސްޓަރު ކަމާއި ޑރ. ޒާހިރު ހަވާލުވެވަޑައިގެން މިނިސްޓްރީގެ މުވައްޒަފުންނާއި ބައެއް ސަރުކާރުގެ ވެރިންގެ އިތުރުން ކައުންސިލް ތަކާއި ވަނީ ބައްދަލު ކުރައްވާފައެވެ.