މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތަކަށް އާސަންދައިގެ ދަށުން ބޭސް ފަރުވާ ކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
އާސަންދައިން މިއަދު ނެރުނު ސާކިއުލާގައި ބުނީ ހުސްނުވާ އާސަންދަ ސުކީމުގެ ދަށުން ހިދުމަތް ހޯދާ ފަރާތްތަކުން ހުށަހަޅާ އައިޑިކާދަކީ އެމީހާގެ އައިޑީކާޑުކަން ކަށަވަރު ކުރުމަށްފަހު އެ އައިޑީކާޑުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް ސްކީމުގެ ދަށުން ހިދުމަތް ދިނުމަށް އަންގާ ކަމަށެވެ.

"ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް، އެއްވެސް ހުރަހެއް ނެތި ދިވެހި އެންމެހައި ރައްޔިތުންނަށް ހިދުމަތް ދެވޭނެ ކަމަށް ދަންނަވަމެވެ"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ދިވެހި ރައްޔިތުންނާއި މުހާޠަބު ކުރައްވައި ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ހަފްތާގައި މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތަކަށް އާސަންދަ ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށެވެ.