Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

ރައީސް ދޫނިދޫ ޖަލަށް ވަޑައިގެންފި

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދޫނިދޫ ޖަލަށް ވަޑައިގެން، އެތަނުގެ ހާލަތު ބައްލަވާލައްވައިފިއެވެ.

ރައީސް ދޫނިދޫ ޖަލަށް ވަޑައިގެން ގައިދީންނާއި ހައްޔަރީން ބައިތިއްބާ ޖަލު ގޮޅިތަކާއި ސިޔާސީ ހައްޔަރީން ބައިތިއްބާ ގޮޅިތަކުގެ ހާލަތު ބެއްލެވިއެވެ.

މިދަތުރުފުޅުގައި އެމަނިކުފާނާއެކު ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ އަދި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހި ރާއްޖޭގެ ޖަލުތަކުގައި ލާއިންސާނީ އަދަބުތައް ގައިދީންނަށް ދެވެމުންދާ ކަމަށް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ ވިދާޅުވެފައެވެ. ކުރީގެ ސަރުކާރުގައި ގިނަ އަދަދެއްގެ މިހާރުގެ ސިޔާސީ އިސް ބޭފުޅުން ވަނީ ޖަލަށް ލާފައެވެ. އޭގެ ތެރޭގައި ރައީސް އިބޫ އަދި ހޯމް މިނިސްޓަރ އިމްރާން ވެސް ހިމެނެއެވެ.