ޒުވާނުން މަސްވެރިކަމަށް ނެރުމަށް އެކުގަ ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
ގެމަނަފުށީ މަސްވެރިންގެ ސޯޝަލް މީޑިއާ ހިންގާ ދެ ޒުވާނުންނާއި އެކު ނަގާފައިވާ ފޮޓޯއަކާއި އެކު މަހްލޫފު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުރިހާކަމެއް ހުއްޓާލާފައި ދާންވީ ގެމަނަފުށީ މަސްވެރިންނާއި އެކު މަހަށްކަމަށެވެ. އަދި އެކުގައި ޒުވާނުނބް މަސްވެރިކަމަށް ނެރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.
ހުރިހާކަމެއް ހުއްޓާާލާފަ @Gemasverin އާއެކު ދާންވީ މަހަށް. ސާބަސް. ވަރަށް ގަަދަ.
ޒުވާނުން މަސްވެރިކަމަށް ނެރުމަށް އެކުގަ ގިނަމަސައްކަތްތަކެއް އިރާދަކުރެއްވިިއްޔާ ކުރާނަން. pic.twitter.com/yfx34Y9izo
— Ahmed Mahloof (@AhmedMahloof) November 25, 2018
ގެމަނަފުށީ މަސްވެރިންގެ ސޯޝަލް މީޑިއާ ޓީމުން ކޮންމެ ދުވަހަކުވެސް އެރަށުގެ މަސްވެރިން މަސްވެރިކަމުގައި ހަރަކާތްތެރިވާ މަންޒަރާއި ފޮޓޯގެ އިތުރުން މަސްވެރިކަމާއި ގުޅުން ހުރި މައުލޫމާތު ހިއްސާ ކުރެއެވެ. މިކަމުގެ ފަހަތުގައި ހަރަކާތްތެރިވަނީ އެރަށުގެ ޒުވާނުންނެވެ.
ގެމަނަފުށީ މަސްވެރިންނާއި ގުޅިގެން އެރަށުގެ ޒުވާނުން މަސްވެރިކަން ކުރިއެރުވުމަށް ތަފާތު ހަރަކާތް ދަނީ ހިންގަމުންނެވެ. މިމަސައްކަތަށް ގިނަ ބައެއް ތައުރީފު ދަނީ ލިބެމުންނެވެ.